ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ އަލީ ޒާހިރަށް އެމްޑީޕީން ތާއީދު ކޮށްފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާއަށް އެމްޑީޕީން ވާދައެއްނުކުރެއެވެ. އެމްޑީޕީން މިއަދު ބުނެފައިވަނީ ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ޢަލީ ޒާހިރަށް އެމްޑީޕީން ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ވަނީ ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓުދެއްވުމަށް އެދިފައެވެ.
އަލީ ޒާހިރުވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރައްވާފައެވެ. ގާނޫނީ ދާއިރާތިން މަތީ ތައުލީމު ހާސިލުކުރައްވާފައި އަލީ ޒާހިރު ވަނީ އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.