Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

އުތުރުގެ ދަތުރަށް ފަހު ރައީސް މާލެ ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

އުތުރުގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފިއެވެ.

ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފައިވަނީ މިއަދުއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ.

އުތުރަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ދެކުނުގެ ހަތަރު އަތޮޅަކަށްވެސް ވަޑައިގެންފައެވެ.

މަދުދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ މި މަސައްކަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.