Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

ސްޓޫޑެންޓް ލޯނުގެ 500 ފުރުސަށް ހުޅުވާލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތަށް
ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ފަސް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވާލި ފުރުސަތުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނު ކަމަށެވެ.

މި ލޯނުތަކަށް ދަރިވަރުން ހޮވުމުހައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަން ވެސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނުގެ ފުރުސަތަށް ދިން ސުންގަޑި ހަމަވާނީ އެޕްރީލް މަހުގެ 25 އަށެވެ.