ފުލުހެއްގެ ރޯލު ކާޖޮލް ކުޅުނު ފުރަތަމަ ފިލްމު "ދޯ ޕައްތީ" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
ކާސްޓްގައި ޒުވާން ބަތަލާ ކްރިތީ ސެނަން ވެސް ހިމެނޭ މި ފިލްމަކީ ދެ އަންހެނެއްގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. ޓީޒާ އިން ފެންނަ ގޮތުގައި ކްރިތީ ވެސް "ދޯ ޕައްތާ" ގައި ފެންނާނީ މީގެ ކުރިން އޭނަ ކުޅެފައި ނުވާ ކަހަލަ ސައިކޯ ރޯލަކުންކުންނެވެ. މި ފިލްމަކީ ކާޖޮލް އާއި ކްރިތީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި ފުރަތަމަ ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" އިންނެވެ. އޭގައި ކާޖޮލް އާއި ކްރިތީ އަކީ ދެބޭންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ ސިނަމާތަކުގެ ބަދަލުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ދޯ ޕައްތީ" އަކީ ކްރިތީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ބްލޫ ބަޓަފްލައި ފިލްމްސް އިން ގެނެސްދޭ ފުރަތަމަ ފިލްމުކަމެވެ.
މީގެ ޑައިރެކްޓަރަކީ ޝަޝަންކާ ޗަތުރަވެދީ އެވެ. "ދޯ ޕައްތީ" ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.