Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ޓޫރިޒަމްގެ ކުރިމަގާ ގުޅޭގޮތުން އުއްޗުއާ މަޝްވަރާކޮށްފި

ޓޫރިޒަމް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މި ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ އެކި ޕްލޭންތަކާއި ގުޅޭގޮތުންނާއި އަދި ދާއިރާގެ ކުރިމަގާ ގުޅޭ ގޮތުން ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ޓޫރިޒަމް ދާއިރާ ކުރިއަރުވައި ވަރުގަދަކުރަން މިފަދަ މަޝްވަރާތައް ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

އެމްއެމްޕީއާރްސީން އަންނަނީ އެކިއެކި ފެއާތަކުގައި ރާއްޖެ ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިނިސްޓަރު ފައިސަލް މީގެކުރިން ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ޓޫރިޒަމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.