ރާއްޖޭގައި އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން އިސްލާމިކް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ރާއްޖޭގައި އީދު ނަމާދު މިހާރު ފަށާ ގަޑިއަކަށް އޮންނަނީ ހެނދުނު 7:30 އެވެ.
އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކުރަމުން އަންނަ އީދު ނަމާފ ފަށާ ގަޑި 7:00 އަށް ހެދުމަށެވެ. އަދި އެފަދަ ބަދަލަށް ގެންނަން މަޝްވަރާކުރަން ފެށީ މިހާރު އީދު ނަމާދު ފަށާ ގަޑި ލަސްކަމަށް ބުނެ އާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެންނެވެ.
ރާއްޖޭގައި މި ފަހުން ފިތުރު އީދާއި އަޟްހާ އީދު ބާއްވަމުން އަންނަނީ ބޮޑު ޖަމާއަތުގަ އެވެ.