Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

ޕާކިސްތާން ސަފީރު އައްޑޫގައި

ރާއްޖޭގައި ހުންނަވާ ޕާކިސްތާންގެ ސަފީރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒް ގިލާނީ އައްޑު އަށް ވަޑައިގެންފި އެވެ.

ސަފީރާއި އެ މަނިކުފާނުގެ ޓީމަށް ގަން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ. ސަފީރުގެ އަރިހުގައި ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް ޒުލްގަރުނައިން އަހުމަދު ވެސް އައްޑު އަށް ވަޑައިގެންނެވި އެވެ.

ޕާކިސްތާން ސަފީރު އައްޑު އަށް ވަޑައިގެންފައި މި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން މޭޔަރު ހިމެނިވަޑައިގަންނަވާހެން އައްޑޫ ކައުންސިލަރުންތަކެއް މާލެ އަށް ކުރެއްވި ދަތުރުގައި ސަފީރާ ހައި ކޮމިޝަންގައި ބައްދަލުކޮށްފައި ވަނިކޮށެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މުހާވަރާއި ޖަޕާންގެ ސަފީރު ޓަކޫޗީ މިޑޯރީ ވެސް އައްޑު އަށް ޒިޔާރަތްކުރައްވާފައިވެ އެވެ.