Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"މަސްތީ" ގެ ހަތަރު ވަނަ ބައި އިއުލާންކޮށްފި

ބޮލީވުޑްގެ ސެކްސް ކޮމެޑީ ފްރެންޗައިޒް، "މަސްތީ" ގެ ހަތަރު ވަނަ ފިލްމު އިއުލާންކޮށްފި އެވެ.

ކުރީގެ ތިން ފިލްމުގައި ވެސް ބަތަލުންގެ ރޯލު ކުޅުނު އެކްޓަރުން ކަމަށްވާ ރިތޭޝް ދޭޝްމުކާއި ވިވެކް އޮބެރޯއީގެ އިތުރުން އަފްތާބް ޝިވްދަސާނީއާ އެކީ ހަދަން ނިންމި "މަސްތީ 4" ގެ ޑައިރެކްޓަރު މި ފަހަރު ވަނީ ބަދަލުވެފަ އެވެ.

ކުރީގެ ތިން ފިލްމު ޑައިރެކްޓްކުރީ އިންދަރު ކުމާރު ކަމަށް ވިޔަސް ހަތަރު ވަނަ ބައި އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ހަދާ އިރު، ޑައިރެކްޓަރަކީ މިލަޕް މިލަން ޒަވޭރީ އެވެ. އޭނަ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޖޯން އަބްރަހަމްގެ 2021 ގެ "ސަތިއަމޭވް ޖަޔަތޭ 2" އެވެ.

"މަސްތީ 4" ގެ ޑައިރެކްޝަނާ މިލަޕް ހަވާލުވި އިރު، އޭނަ 2016 ގައި "މަސްތީޒާދޭ" ގެ ނަމުގައި އެޑަލްޓް ކޮމެޑީއެއް ޑައިރެކްޓްކުރި އެވެ. ސަނީ ލިއޯން ޑަބަލް ރޯލެއް ކުޅުނު ފިލްމުގެ ބަތަލުންނަކީ ތުޝާރް ކަޕޫރާއި ވީރު ދާސް އެވެ.

"މަސްތީ 4" އިއުލާންކުރި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. "މަސްތީ" 2004 ގައި ގެނެސް ދިނުމަށް ފަހު "ގްރޭންޑް މަސްތީ" ގެނެސްދިނީ 2013 ގަ އެވެ. އަދި ގްރޭންޑް ގްރޭންޑް މަސްތީ" ރިލީޒްކުރީ 2016 ގަ އެވެ.