Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ރިޝްވަތު ނެގިކަމަށް ބުނެ ފަތުރާ ވާހަކަތައް ސަނީފް ދޮގުކޮށްފި

މެންބަރު އަބްދުﷲ ސަނީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޝްވަތު ނެގިކަމަށް ބުނެ ފަތުރާ ވާހަކަތައް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ދޮގު ކުރައްވައިފިއެވެ.

މެންބަރު ސަނީފް ސަރުކާރުން ރިޝްވަތު ނެގި ކަމަށްބުނެ ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ސަނީފް ވިދާޅުވީ، "ރަޖިސްޓްރީވެެސް ނުކޮށް ހިންގަމުންދާ "ދިޔަވަރު" ނޫހުން" ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ސަނީފް ވިދާޅުވެފައިވަނީ، ފިލާތިބެ ދޮގު ވާހަކަތައް ފަތުރަމުންދަނީ ކޮން ބައެއްކަން އެނގޭ ކަމަށެވެ. އަދި އެމީހުން އެކަން ކުރާ ސަބަބާއި މަގުސަދު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ސަނީފާއި ގުޅުވާ ދައްކަމުންދާ ވާހަކަތަކުގެ ތެރޭގައި، މަޖިލިސް އިންތިހާބު ފަސްކުރުމުގެ ބިލަށް ވޯޓު ނުދިނުމަށް ރިޝްވަތު ނެގި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރިޝްވަރު ނެގިކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.