Last Updated: April 30, 22:02
Tuesday, April 30, 2024
ޚަބަރު

ޝަރީއަތުގެ ވާހަކަ ލިޔެވޭ ސޮފްޓްވެއާ ލޯންޗްކޮށްފި

ޝަރުއީއަތްތަކުގައި ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" މިއަދު ތައާރަފުކޮށްފި އެވެ.

އެ ސޮފްޓްވެއާ ލޯންޗްކޮށް ދެއްވީ އެކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފެރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ.

މައްސަލަތަކުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް، މަހުޟަރު ބަޔާންތައް ގޮތުގައި މިހާރު ލިޔަނީ އަޑުއެހުން ރެކޯޑުކޮށް،އިދާރީ މުވައްޒަފުން އެ ރެކޯޑިންތައް އަޑުއަހައިގެނެވެ. އަދި އެކަމަށް ފަސް 5-7 މިނެޓާ ދެމެދުގެ ރެކޯޑިިންއެއް މެނުއަލްކޮށް ޓައިޕް ކުރަން އާންމު ގޮތެއްގައި ބައި ގަޑިއިރު ހޭދަވެ އެވެ.

އެހެންވެ އެކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރަން ނިންމީ 2021، ގަ އެވެ.

އެގޮތުން ތިން އަހަރުގެ ތެރޭގައި ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ތައްޔާރުކުރި "ކޭލި" ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާ އެކީ ވާހަކަތަކުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވާނެ އެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ދެން ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައީ ކަމަށެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް ވެސް އެދެވޭ ހައްލެއް ހޯދުނޫ ކަމަށެވެ.