ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ރ. އަދި ބ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާ ކައުންސިލްތާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.
މިފަހުން ރައީސް މުއިއްޒު ވަނީ އުތުރުގެ ހަތަރު އަތޮޅު އަދި ދެކުނުގެ ހަތަރު އަތޮޅަށް ޒިޔާރާތްކުރައްވާފައެވެ.