Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ކެމްޕޭނަށް ސޯލިހް ބ. އަތޮޅަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހް ކެމްޕޭނަށް ބ. އަތޮޅަށް ވަޑައިގެންފައިވާއިރު، "މިސްރާބު ހަމަމަގަށް" ނަމުގައި އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ފަށާފައެވެ.

މީގެއިތުރުން އެމްޑިޕީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ކުޅުދުއްފުށި ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.