Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ފުރޭތަ" އެރުމުގެ ކުރިން އާ ޓީޒާއެއް

މާދަމާ ރޭ އޮލިމްޕަސް ސިނަމާ އަށް "ފުރޭތަ" އެރުމުގެ ކުރިން އޭގެ އާ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ މި ފިލްމަކީ އަލީ ޝިފާއު ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާއެކެވެ.

އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ ކުޅެފައިވާ އިރު، ފިލްމުގެ ކާސްޓްގައި ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ހިމެނެ އެވެ.

މި ފިލްމަކީ ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރު މަހު ގެނެސްދިން ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ.