ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރް އާ ލޯބިވެރިޔަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު މިހާރު ރައްޓެހިވެގެން އުޅެނީ ރާހުލް މޯދީއާ ކަމަށެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ފިލްމުގެ "ތޫ ޖޫޓީ، މޭ މައްކާރު" ގެ ސްކްރީން ރައިޓަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝްރަދާ އާއި ރާހުލްގެ ގުޅުން މިހާރު ވަރަށް ސީރިއަސް އެވެ.
މީގެ ދެ ދުވަސް ކުރިން ޖަމްނާނަރުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝްގެ އަމްބާނީގެ ހަގު ދަރިފުޅު، އާނަންތު އަމްބާނީގެ ޕްރީ-ވެޑިން ހަފުލާއަކަށް ވެސް ޝްރަދާ ދިޔައީ ރާހުލްއާ އެކީގަ އެވެ. އެގޮތުން އެ ދެ މީހުން އެކީގައި މުމްބާއީ ފުރި މަންޒަރާއި ޖަމްލާނަރުގައި އެކީގައި އުޅުނު ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ.
ނަމަވެސް މި ގުޅުމާ ބެހޭ ގޮތުން ޝްރަދާ މިގާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޭނަ އާ ލޯބިވެރިޔަކު ހޯދިކަމުގެ ވާހަކަތައް މިހާރު ހޫނުކޮށް ދެކެވެކުން އަންނަނީ އިންޑިއާގެ ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތާއާ ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ތިން ވަރަކަށް އަހަރު ކުރިން އަރާފައި ވަނިކޮށެވެ. ޝްރަދާ އާއި ރޯހަން އެކީގައި 2021 ގައި ޗުއްޓީ އަށް ރާއްޖެ ވެސް ވެސް އެވެ. އެ ދެ މީހުންނަކީ ވަރަށް ކުޑައިރުއްސުރެ ވަރަށް ގާތް ދެ މީހުންނެވެ.
ޝްރަދާ ކުރިން ރައްޓެހިވި މީހުުންގެ ތެރޭގައި އޭނައާ އެކީ "އާޝިގީ 2" ކުޅުނު އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާއި "ރޮކް 2" ގެ ބަތަލު ފަރުޚާން އަޚްތަރު ހިމެނެ އެވެ.