Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

އެމެރިކާ އިން ގާޒާ އަށް 35،000 މީލް ޕެކް

އެމެރިކާ އިން ވައިގެ މަގުން އިއްޔެ ގާޒާ އަށް ކާނާގެ އެހީީގެ ފޯރުކޮށް ދީފި އެވެ.

އެގޮތުން ޖޯޑަންގެ ވައިގެ އަސްކަރިއްޔާއާ ގުޅިގެން ތިން މަތިންދާބޯޓެއް މެދުވެރިކޮށް ވައިކުޑަ ބޭނުންކޮށްގެން 35،000 އަށް ވުރެ ގިނަ މީލް ޕެކް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށް ދީފަ އެވެ. މިއީ މިގިތަށް އެމެރިކާ އިން ގާޒާ އަށް އެހީ ފޯރުކޮށް ދިން ފުރަތަމަ ފަހަރެވެ. އެ ގައުމުން އިންސާނީ މި އެހީ އަށް ގާޒާކޮށް ފޯރުކޮށް މި ދިނީ އެހީ ހޯދަން ޖަމާވެފައި ތިބި ބަޔަކަށް ބުރާސްފަތި ދުވަހު އިޒްލޭން ހަމަލާއެއްގައި 112 މީހަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ.

ޔަހޫދީންގެ އެ ހަމަލާއާ ގުޅިގެން ވަރަށް ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އެކަން ކުށްވެރިކޮށްފައިވެ އެވެ.

އެމެރިކާ އިން ގާޒާ އަށް އިއްޔެ ކާނާގެ އެހީ ފޯރުކޮށް ދިން އިރު، އިޒްރޭލުގެ ހުރަސްއެޅުންތަކާ ހެދި ފަލަސްތީނުގެ ރައްޔިތުންނަށް ކާނާ އާއި ބޯފެނާއި އަސާސީ އެތައް ވަސީލަތެއް ފޯރުކޮށް ނުދެވި އެހީގެ ގާފިލާތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. މިކަމާ ގުޅިގެން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ތިބި ބަނޑަށްމަރުވެދާނެ ފަދަ ނިކަމެތި ހާލަތެއްގަ އެވެ.

އެމެރިކާ އިން މިހާރު އަންނަނީ އިޒްރޭލުގެ ހަމަލާތައް ހަ މަސް ދުވަހަށް މެދުކަނޑާލަން އިޒްރޭލަށް ބާރު އަޅަމުންނެވެ. ރައީސް ޖޯ ބައިޑެން ވިދާޅުވެފައި މާދަމާ އެކަމުގެ އެއްބަސްވުމަކަށް އިޒްރޭލާއި ހަމާސް އިން އަންނާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުން ދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެންނެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.