Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

ހަޔަ އެޑިއުކޭޝަންގައި ކެރިއާ ގައިޑެންސް ޔުނިޓެއް

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ކެރިއަ ގައިޑެންސަށް ހާއްސަ ޔުނިޓެއް ހަދަން ނިންމައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިއާ އެކަން އިއުލާން ކުރެއްވީ އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓަރީގައި ކެރިއަ ގައިޑެންސް ޔުނިޓެއް ހަދަން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފަޔާ އެކީފަ އެވެ.

މާރިއާ ވިދާޅުވީ، ސްކޫލްތަކަށާއި ވަކިވަކި ދަރިވަރުންނަށާއި ޓީޗަރުންނާއި ބެލެނިވެރިންނަށް އެ ޔުނިޓްގެ ބޭނުން ކުރެވޭނެ ކަމަށެވެ.

"ސާނަވީ ތަޢުލީމު ފަށާއިރު ދަރިންނަށް ވަރަށް ރަނގަޅަށް އެނގެންވާނެ ކޮން ސްޓްރީމެއްގެ ކޮން މާއްދާތަކެއް ކިޔަވައިގެންތޯ ދަރިވަރު ބޭނުންވާ ރޮނގަކުން ކުރިއަށް ދެވޭނީ،" އޭނަ ވިދާޅުވި އެވެ. "މިކަން ދެނެގަތުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިންގެ އެހީތެރިކަން ދަރިވަރުންނަށް ވަރަށް ބޮޑަށް ބޭނުން ވާނެ."