ކަންކަމުގައި ދޮގު ނަގަދާނެ ކަމަށާއި މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވަަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މަޖިލީހުގެ އިންތިހާބު އާދީއްތަ ދުވަހު ބޭއްވުމަށް ނިންމީ އެމަނިކުފާނުގެ ނުފޫޒުން ވޯޓުލުމަށް ނިކުންނަ ރައްޔިތުންގެ އަދަދު މަދުކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"މިހެން ދޮގު ހެދުން ނޫންކަމެއް، ދޮގު ހަދަން އެކަނި އެނގޭ މީހުން، މި ކުރާކަމަކީ. އަޅުގަނޑަކީ ކަންކަމުގައި ދޮގުހަދާ މީހެއް ނޫން. އަޅުގަނޑަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މީހެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިިކުފާނަށް ޖަވާބު ނުދެވޭނެ ކަމެއް ކުރިމަތި ނުކުރެވޭނެ ކަމަށާއި ހިންގަވާނީ ހަގީގީ މާނައިގައި ދެ ފުށް ފެންނަ ސަރުކާރެއް ކަމަށެވެ. އަދި ފޮރުވާނެ ކަމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވިއިރު ސަރުކާރަށް ފާޑުކިޔާ އިދިކޮޅު އެމްޑީޕީން ބުނަމުން އަންނަނީ އެމަނިކުފާނު ވެރިކަމަށް އައިސްފައިވަނީ "ދޮގު ވިއްކައިގެން" ކަމަށެވެ.