Last Updated: April 28, 06:03
Sunday, April 28, 2024
ޚަބަރު

އެމްއެންޔޫގެ "ފަހި ސުފުރާ" ފަށައިފި

ގައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ކާބޯތަކެތީގެ މައުޒަރު "ފަހި ސުފުރާ" މިއަދު ހުޅުވައިފި އެވެ.

މައުރަޒު ހުޅުއްވައި ދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒެވެ.

މި މައުޒަރު މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު މެންދުރު ފަހު މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށް ދާނެ އެވެ.

ޔުނިވަސިޓީން ބުނީ މައުރަޒުގައި ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް މީގުން ހިމެނޭ ގޮތަށް 13 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. މައުރަޒުގައި ވަނީ ޔުނިވަސިޓީގެ ސްޓާފު ކުލަބުގެ ސްޓޯލެއް ހިމެނެއެވެ. މި މަޢުރަޒުން 100 އަށް ވުރެ ގިނަ ވަތްތަރުގެ ކާބޯތަކެތި ލިބެން ހުންނާނެ އެވެ.

މިއީ "ފަހި ސުފުރާ" ބާއްވާ ތިން ވަނަ އަހަރެވެ.