Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ރޯދަ އަށް ދޭ ކާޑު ބޯޓުން ބާލައި ދޭނެ ބަޔަކު ހޯދަނީ

ކާޑުގެ ބާވަތްތައް ބަހައްޓާ އެސްޓީއޯގެ ގުދަނަކުން މީހަކު ކާޑުގެ ބާވަތެއް ހުރި ބަސްތާއެއް ކޮނޑަށް ލައިގެން ދަނީ: ފޮޓޯ / މޯލްޑިވްސް ޓައިމްސް

ސަރުކާރުން ކޮންމެ ގޭބީސީއަކަށް ދިނުމަށް ނިންމާފައި ރޯދަ ހަދިޔާ ބޯޓުން ބާލައި ގުދަންކޮއްދޭނެ ފަރާތެއް ހޯދަން އައްޑޫސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަން ނިންމާފައިވާ 10 ކިލޯގެ ބާސްމަތީ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާ ދޯނިން ބާލައިގެން ކައުންސިލުން ދައްކާތަނެއްގައި ގުދަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިގޮތުން މި ކާޑު ބަނދު ކުރެވިފައިވާނީ 50 ކިލޯގެ ބަސްތާއެއްގައި ކަމަށް 10 ކިލޯގެ ބަސްތާތައް ހިމެނޭ ގޮތަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުގެ އިއުލާނުގައިވާ ގޮތުން، ކާޑްގެ ބާވަތް ދޯނިން ބާލައިގެ ގެނެސް ގުދަންކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފާރާތްތަކުން 06 މާރިޗް 2024 ބުދަ ހެދުނު 10:00 ށް ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރަން ޖެހެއެވެ. އަދި 07 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ޝައުޤްވެރިފަރާތަކުން އެކަމަށް ލިއުމުން ކައުންސިލަށް ހުށަހަޅަން ވަނީ އަންގާފައެވެ.

މި ކާޑް ތައް ގުދަންކުރުމުގައި އަގުދިނުމަށް ހަމަޖެހިފައިވަނީ 05 ކިލޯގެ ބަސްތާއަކަށް -/10ރުފިޔާގެ ރޭޓުންނެވެ.

ކުރިއަށް މި އޮތް ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް ދިނުމަށް ނިންމާފައިވާކަން ހާމަ ކުރެއްވި މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ސަރުކާރުން ވަނީ މިއަންނަ އަހަރު އެއަދަދު އިތުރު ކުރާނެ ކަމަށްވެސް ބުނެފައެވެ.