Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ޖެހުނީ ވޭނެއްގައި

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް މަގުމަތީގައި ޕާކްކޮށްފައި އޮތް ވޭނެއްގައި ޖެހި، ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ މެންދަމު 2:30 އެހާކަށްހާ އިރު އެ ހާދިސާ ހިނގީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިގެން ކަމަށެވެ. ވޭނުގައި ޖެހުނު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން އޭނަ އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ދުއްވި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ ވެ.

ފުލުހުން މިހާރު މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ހުޅުމާލެ އަކީ މި ފަހުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގަމުންދާ ތަނެކެވެ. މިފަދަ ހާދިސާތަކުގައި ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ.