Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

ފޭދޫ ސްކޫލަށް ދިއްދޫން ބިއްލޫރި ފުޅި ހަދިޔާކޮށްފި

އައްޑޫ ފޭދޫ ސްކޫލަށް ހއ. ދިއްދޫގެ ޖަމިއްޔާއަކުން ބިއްލޫރި ފުޅިތަކެއް ހަދިޔާކޮށްފި އެވެ.

ފޭދޫ ސްކޫލުން މިއަދު ބުނީ ދިއްދޫ ޖަމިއްޔާއެއް ކަމަށްވާ ކުރިމަގު ޖަމިއްޔާ އިން ހަދިޔާކުރީ 120 ފުޅި ކަމަށެވެ. މިއީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ސްކޫލްގެ މުވައްޒަަފުން ބޭނުންކުރަން އެ ޖަމިއްޔާ އިން ހަދިޔާކުރި ފުޅިތަކެއް ކަމަށް ފޭދޫ ސްކޫލުން ބުންޏެވެ.

އެހެންވެ މި ހަދިޔާ އަށް ފޭދޫ ސްކޫލުން ވަނީ ކުރިމަގު ޖަމިއްޔާ އަށް ޝުކުރު އަދާކޮށްފަ އެވެ.