Last Updated: April 29, 11:54
Monday, April 29, 2024
ޚަބަރު

އެމްޕީއެލުން އުމްރާ އަށް ފޮނުވާ މުވައްޒަފުން ހޮވައިފި

އެމްޕީއެލް އެހީއާއެކު މިއަހަރު އުމްރާގެ އަޅުކަން އަދާ ކުރާ ފަރާތްތައް ސީއީއޯ ވަޖީހުއާއިއެކު / ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު މި ކުންފުނީގެ ހަރަދުގައި ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ސީއީއޯ ވަޖީޙު ވަނީ ހަވާލުކޮށްދީފައެވެ.

މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:

1 – ފަޞީލް މުޙައްމަދު
2 – ޙާމިދު މުޙައްމަދު
3 – ޢަމީޒާ އަލީ

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 3 މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ. މިއީ މިފަހަކަށް އައިސް ދައުލަތުގެ ފައިދާވާ ބައެއް ކުންފުނިތަކުން ޢަމަލު ކުރާ އުސޫލެކެވެ.