"އިންޑިއަން އައިޑޮލް" ފަދަ ލަވަ ޝޯތަކުގެ ޖަޖްކަން ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ސޮނީ ޓީވީގެ "ސުޕަސްޓާ ސިންގާ" ސީޒަންގެ ތިނެކާ ގުޅިއްޖެ އެވެ.
މި މަހުގެ 9 ވަނަ ދުވަހުގެ ރޭ މި ޝޯ ޕްރީމިއާކުރަން ތައްތާރުވަމުން އަންނަ އިރު، ނޭހާއާ އެކީ ފޯރިގަދަ ޕްރޮމޯއެއް ވެސް އާންމުކޮށްފަ އެވެ. "ސުޕަސްޓާ ސިންގާ 3" ގެ ކެޕްޓަމުންގެ ގޮތުގައި "އިންޑިއަން އައިޑޮލް" އިން ވިދި ބައެއް ފަންނާނުން ފެންނާނެ އެވެ. އޭގެ ތެރޭގައި ސަލްމާން އަލީ، ޕަވަންދީޕް ރަޖަން، މުހައްމަދު ދާނިޝް، އަރޫނިތާ ކަންޖީލާލް އަދި ސޭލީ ކަމްބްލޭ ޕަޓިލް ހިމެނެ އެވެ.
ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ 3" އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ފަށަން ނިންމި އިރު، "އިންޑިއަން އައިޑޮލް" ގެ 14 ވަނަ ސީޒަން ރޭ ވަނީ ނިންމާލައިފަ އެވެ.
އެ ޝޯ ކާމިޔާބުކުރީ ވައިބާވް ގުޕްތާ އެވެ.
"އިންޑިއަން އައިޑޮލް 14" ގެ ޖަޖުންގެ ޕެނަލުން ނޭހާ ނުފެނުނު ނަމަވެސް މި ޝޯގެ ފަހުގެ ސީޒަންތަކުގައި އެންމެ އާންމު އެެއް ޖަޖަކީ އޭނަ އެވެ. ކާމިޔާބު އެތައް ލަވައެއް ކިޔާފައިވާ ނޭހާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ވިދާ އެއް އަންހެން އަޑެވެ.
އޭނަ ކުރިން ޒީޓީވީގެ "ސާރޭގާމާޕާ" ގައި ވެސް ޖަޖެއްގެ ގޮތުގައި މަސައްކަތްކުރި އެވެ.