Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ރޯދަ މަހުގެ ވިޔަފާރި ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވާ، ހިދުމަތް ދެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށްފަ އެވެ.

އެގޮތުން މުދާ ވިއްކާ ތަންތަނުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެވޭނީ ފަތިހު 5:30 އިން މެންދަމް 1:00 އަށެވެ.

ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ރޯދަ މަހު ހިދުމަތް ދެވޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމް 3:00 އަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ހިދުމަތް ދެވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކަނޑައެޅި ވަގުތުތަކަށް އިސްކަންދީގެން އެގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އިލްތިމާސްކޮށްފަ އެވެ.