Last Updated: April 28, 10:35
Sunday, April 28, 2024
ޚަބަރު

ދަރިމައިވުމުގެ ސިއްހަތަށް ޖަޕާންގެ އެހީއެއް

ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާ ރާއްޖޭގައި ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޖަޕާނުން ރާއްޖޭގެ އަމިއްކަ ޖަމިއްޔާއެެއް ކަމަށްވާ ސަރުކާރުން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަށް 1.13 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

އެ އެހީގެ ޝީ އަށް ހަދިޔާކޮށް ދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓޭކްއުޝީ މިޑޯރީ އެވެ. ޝީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ސީއީއޯ އިޔާޝާ ލީނާ އެވެ.

ޖަފާން އެމްބަސީން ބުނީ މި އެހީ އަކީ "ދަ ޕްރޮޖެކްޓް ފޯ ސްޓްރެންތެނިން މެޑިކަލް ސިސްޓަމް ފޯ ކްލިނިކަލް ޑައިގްނޯސްޓިކްސް އެންޑް ރީޕްރަޑަކްޓިވް ހެލްތު ސާވިސް އިން މާލޭ" ގެ ދަށުން ދިން އެހީއެއް ކަމަށެވެ. މި އެހީގެ ދަށުން 10 ކްލިނިކަލް އިކުއިޕްމަންޓް ޝީއަށް ޖަޕާނުގެ ފަރާތުން ފޯރުކޮށް ދޭނެ އެވެ.

ޝީން ބުނީ މި ޕްރޮޖެކްޓުގެ މަސައްކަތް ފެށުމާ އެކީ ޝީގައި މިހާރު ހުރި ތެލެސީމިއާ ލެބޯޓަރީގެ ފެސިލިޓީސްތައް ވެސް އަޕްގްރޭޑްކޮށް، ޖީން ސީކުއެންސިން ޓެކްނޮލޮޖީ އަދި ސްކޭން ސާވިސަސްގެ އިތުރުން ފެމިލީ ޕްލޭނިން އަދި ތެލެސީމިއާ ޕޭޝަންޓުންނަށް އިތުރު އެހީތައް ފޯރުކޮށް ދެވޭނެ ގާބިލުކަން ލިބިގެން ދާނެ ކަމަށެވެ. ޖަޕާން އެމްބަސީން ބުންޏެވެ.

ޖަޕަނީސް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ދަށުން ރާއްޖޭގެ އެކި ދާއިރާތަކަށް އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ސިއްހީ، ތައުލީމީ ދާއިރާ އަދި ތިމާވެށީގެ ދާއިރާ ހިމެނެ އެވެ.