Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ޝާހިދު ފުވައްމުލަކުގައި ދޮރުން ދޮރަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފުވައްމުލައްސިޓީގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަސް ޝާހިދު ފުވައްމުލައްސިޓީއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިއަދު ޝާހިދު ވަނީ ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން މުހައްމަދުދީދީގެ ކެމްޕޭނަށް އެ ދާއިރާގެ ގެތަކަށް ޒިޔާރާތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ޝާހިދު އެކްސްގައި ވިދާޅުވެފައިވަނީ، ފުވައްމުލަކު މެދުދާއިރާގެ ރައްޔިތުން ދައްކަނީ ދޮގުހަދައިގެން ވެރިކަމަށް އައިސް، މިސްރާބު ގޯސްކޮށް ގެންދާ ވާހަކަ ކަމަށެވެ. ޝާހިދު ވިދާޅުވީ އެކަން އިސްލާހުކޮށް، މިސްރާބު ހަމަމަގަށް ގެންދިޔުމަށް ފުވައްމުލަކު މެދު ދާއިރާ ތައްޔާރުވަމުންދާ ކަމަށާއި އެކަންކުރެވޭނީ މަޖިލީހަށް އެމްޑީޕީ މެމްބަރުން އިންތިހާބުކޮށްގެން ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް ޝާހިދު ފުވައްމުލައްސިޓީގައި އުޅުއްވާއިރު ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ނ. އަތޮޅުގެ ރަށްތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

0 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.