Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު

"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ލޯންޗްކޮށްފި

އުރީދޫ މޯލްޑިވްސްގެ "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ރޭ ލޯންޗްކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި "ގޭމާސް ލޭންޑް" ލޯންޗްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ފަށަން ހަމަޖެހިފައިވާ "އުރީދޫ ނޭޝަން ގޭމާސް ލޭންޑ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. އުރީދޫން ބުނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ މުބާރާތްތަކުގެ ޖުމްލް ޕޫލް ޕްރައިޒް 700،000ރ. އަށް އަރާ ކަމަށެވެ.

އަދި މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފީސް، އިންޓަ ރިސޯޓު މުބާރާތްތައް ވެސް ހިމެނޭ އެވެ.

މި އަހަރުގެ މުބާރާތުގައި "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ގޭމަރުންނަށް ވެސް ހުޅުވައިލާ އިރު، މިއީ މުބާރާތުގައި ވާދަކުރާ ހުރިހާ ގޭމަރުންގެ ތެރެއިން ހޮވާ އެންމެ މޮޅު ގޭމަރެވެ.