Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އިޖްތިމާއީ ބޯހިޔާވެހިކަމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ފޮޓޯ: ރައީސް އޮފީސް

"އިޖްތިމާއީ ބޯހިޔާވެހިކަމުގެ ބިލު"ގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަން ހާމަކުރެއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖެވެ.

މޫސާ ސިރާޖް ވިދާޅުވީ މިބިލާއެކު ސޯޝަލް ހައުސިންގެ ޝަކުވާތަކަށް ހައްލު ލިބޭނެ ކަމަށެވެ.

އިޖްތިމާއީ ބޯހިޔާވެހިކަމުގެ ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން، ދިރިއުޅޭނެ އެކަށީގެންދާ ތަނެއް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ދިރިވެހިރައްޔިތުންނަށާއި އާއިލާތަކަށް ދެފެށްފެންނަ ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުން އެކަށީގެންވާ ބާހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.

އެގޮތުން މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަަށް ދިރިއުޅޭ ނެ އެކަށީގެންވާ ތަންތަން ހަމަޖައްސައިދިނުމަށްޓަކައި، ސޯޝަލް ހައިސިން ޕްރޮގްރާމްތައް ހިނގުމާގުޅޭ އުސުލުތަކާއި ހަމަތައް މި ޤާނޫނުގައި ބަޔާންކުރާނެ ކަމަށާއި އަދި ސޯޝަލް ހައުސިންގެ ގޮތުގައި ތަރއްގީކުރެވޭ ތަންަތނުގައި ހުންނެޖޙޭ ވަސިލަތްތާއި މިންގަނޑުތައްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މާލީ ތަނަވަސްކަން ކުދަ އާއިލާތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހޯދުމުގައި އެހީތެރިކަން ފޯރިކޮށްދިނުމަށްޓަކައި ހައުސިން ބެނެފިޓް ދިނުމާގުޅޭ އުސޫލުތަކާއި ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ.