Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

ޕާކިސްތާނަށް ބޯކޮށް ސްނޯ ފައިބައި 35 މަރު

ބޯކޮށް ސްނޯ ފައިބައި އަދި ގަދަ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުން 35 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ގައުމުގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ މިހާތަނަށް 35 މީހަކު މަރުވި އިރު، އޭގެ ތެރޭގައި 20 ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން ގެތަކެއް ވެއްޓި، ގެތަކުގެ ދަށުގައި ތާށިވެ މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.

ބޯކޮށް ސްނޯ ފޭބުމާއި ބޯ ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ގިނަ ބަޔަކު ޒަހަމްވެގެން ވެސް އަންނަނީ ފަރުވާ ދެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކުގެ ތެރޭގައި ޚައިބަރު ޕަހްތުންޙުވާ އާއި ބަލޮޗިސްތާން ޕްރޮވިންސް ހިމެނެ އެވެ.

ޕާކިސްތާންގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މި ހަފުތާ އެކީ ކަހަލަ ގޮތަކަށް އެ ގައުމުހެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ.