ސިއްރުން ފުރިފައިވާ އަދި އެތައް ބައެއްގެ މައްޗަށް ޝައްކުކުރެވޭ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމު "މާޑާ މުބާރަކް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި މިސްޓްރީ ތުރިލާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް" ގެނެސްދިން ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "މާޑާ މުބާރަކް" ބިނާކޮށްފައި ވަނީ ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ ވާހަކަ "ކްލަބް ޔޫ ޓު ޑެތު" އަށެވެ.
މި ފިލްމުގެ ކާސްޓްގައި ސާރާ އަލީ ޚާން، ވިޖޭ ވަރުމާ، ޑިމްޕަލް ކަޕާޑިއާ، ޕަންކަޖް ޓްރިޕަތީ، ޓިސްކާ ޗޯޕްޅާ، ސަންޖޭ ކަޕޫރް އަދި ސުހައިލް ނައްޔަރު ހިމެނެ އެވެ. އަދި "މާޑާ މުބާރަކް" ގެ ރޯލަކުން ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް ވެސް ފެންނާނެ އެވެ. މިއީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އޭނަ ކުޅުނު ފުރަތަމަ ފިލްމެވެ.
"މާޑާ މުބާރަކް" އަކީ މިދިޔަ މަހު ޝާހިދު ކަޕޫރާއި ކްރިތީ ސެނަންގެ "ތޭތޭ ބާތޯ މޭ އޭސާ އުލް ޖިއާ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ އުފެއްދުމެކެވެ.