Last Updated: July 11, 13:48
Saturday, July 11, 2026
ދުނިޔެ

ފޭސްބުކާއި އިންސްޓަގްރާމް ޑައުންވެއްޖެ

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް ޑައުން ވެއްޖެ އެވެ.

ފޭސްބުކްގެ މައި ކުންފުނި މެޓާ އިން ހިންގަމުންދާ ފޭސްބުކް އާއި އިންސްޓަގްރާމް އަދި ތްރެޑްސް ވެސް ވަނީ ޑައުންވެފަ އެވެ. ނަމަވެސް މެޓާ އިން ހިންގަމުންދާ ވަޓްސްއެޕްގެ ހިދުމަތް ބަރާބަރަށް ލިބެމުންދެ އެވެ.

މި އެޕްތައް ޑައުންވާން ދިމާވި ސަބަބެއް އަދި ޔަގީނެއް ނުވެ އެވެ.

މެޓާގެ އޮފިޝަލަކު ވިދާޅުވީ އެޕްތަކަށް ވަނުމުގައި ދަތިތަކެއް ދިމާވެފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.