Last Updated: April 28, 09:13
Sunday, April 28, 2024
ޚަބަރު

އެމްޓީސީސީގައި ބިލިއަނެއްހާ ރުފިޔާގެ ދަރަނި!

އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލިއަނެއްހާ ރުފިޔާގެ އިތުރުން އެ ކުންފުންޏަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވެސް އެބައޮތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ވޭތުވެ އާ މެނޭޖްމަންޓުން ކުންފުންޏާއި އެ ކުންފުންޏާ ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިކަ މަށެވެ. އަދި ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައިވެސް ކުރީގެ މެނޭޖްމެންޓުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ހިންގުމުގެ ހަރަދުތައް ވެސް ވަރަށް ބޮޑު ކަމަށް ވިދާޅު ވިއެވެ.

އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ހުސައިން މުހަންމަދު މަނިކު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު ހަމަވި އިރު ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު 954 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެ ފައިސާ މެނޭޖްމަންޓުން އޮތީ ނުދައްކައި ކަމަށެވެ. އަދި ދަރަނީގެ ގޮތުގައި އެކި ފަރާތްތަކުން 800 މިލިއަން ރުފިޔާ ނަގާފައިވާ އިރު، އެކި ފަރާތްތަކުން އެމްޓީސީސީ އަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ މިހު ރިހާ ޗެލެންޖަސްތަކަކާ ވެސް ކުރިމަތިލަމުން." ހުސައިން ވިދާޅު ވިއެވެ.

ޒިޔާދު ވިދާޅުވީ ބައެއް މަޝްރޫޢުތައް ހިންގުމަށްޓަކައި ކުރގެ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައި އޮތީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށާއި. ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާ ވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާ ކަމަށެވެ. އަދި އޭޢގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެން ޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބާޖުތައް ކުއްޔަށް ނަގާފައި އެބަހުރި. ތިން އަހަތަރު ވިއިރު ބާޖުގެ އަގު އެބަހުރި ޖެހިފައި ކުލިން." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި ފަސް ޑްރެޖަރު އޮތް ނަމަވެސް ރަނގަޅަށް މަސައްކަތްކުރަނީ އެންމެ އެއްޗެއް ކަމަށެވެ. ދެން ހުރި ޑްރެޖަރުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި ފަސް ބާޖެއްގެ ތެރެއިން ތިން ބާޖެއް ވެސް އޮތީ ފެތިފައިކަމަށް ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ބާޖުގެ ދަތިކަމާއި ލޭންޑިން ކްރާފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް ލޯނެއް ނަގައިގެން އެކަން ހައްލު ކުރަން މިހާރފު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަންނަކަމަށެވެ.

ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯ އަކީ މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި އަލީ އާޒިމެވެ.