Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސަތަރޭ ދުވަސްތަކެއް ފަހުން އެކްޓިން އަށް

ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ ގިނަ ދުވަސްތަކެއް ފަހުން އެކްޓިން އަށް ނުކުމެއްޖެ އެވެ.

މިހާރު އުމުރުން 77 އަހަރުގެ އެކްޓަރު މިހާރު ވަނީ އޭނަ ސޮއިކުރި އަލަތު ވެބް ސީރީޒް "ގޭންގްސް އޮފް ގަޒީއާބާދު" ގެ ޝޫޓިން ވެސް ނިންމައިފަ އެވެ. ނުވަދިހައިގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ މި ސީރީޒްގެ ޑައިރެކްޓަރަކީ ނަގެންދުރަ ޗައުދަރީ އެވެ. ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ސްޓްރީމްކުރާނެ ޕްލެޓްފޯމެއް އަދި އިއުލާން ނުކުރާ "ގޭންގްސް އޮފް ގަޒީއާބާދު" ގެ ކާސްޓްގައި ސަނީ ލިއޯނީ، އަބިމަންޔޫ ސިންގް އަދި އަޝުތޯޝް ރާނާ ވެސް ހިމެނެ އެވެ.

މީގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފަ އެވެ. ސަތަރޭގެ އިންސްޓަގްރާމްގައި ޕޯސްޓަރު ޕޯސްޓްކޮށްފައިވެ އެވެ.

ބަތަލާ ސޮނާޝީ ސިންހާގެ ބައްޕަ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2018 ގެ ފިލްމު "ޔަމްލާ ޕަގްލާ ދީވާނާ ޕިރު ސޭ" އިންނެވެ. ސަތަރޭގެ އަތުގައި މިހާރު "ވޯ އާދުމީ ބޮހޮތު ޖާންތާ ތާ" ކިޔާ ފިލްމެއް ވެސް އެބައޮތެވެ.

އޭނަ އަކީ 70 އާއި 80 ގެ ތެރޭގައި ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. ސަތަރޭ ފަހުން އެންމެ ބޮޑަށް އުޅުނީ ސިޔާސީ ދާއިރާގަ އެވެ. އޭނަ އަކީ ކުރިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމާއި މިނިސްޓަރުކަން ވެސް ކޮށްފައިވާ ތަރިއެކެވެ. އަދި ކޮންގްރެސް ޕާޓީ އާއި ބީޖޭޕީގައި އުޅުނެވެ.