Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ނިކީ ވެސް ރޭހުން ބޭރަށް، ޓްރަމްޕަށް މަގުސާފު

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑީޑޭޓަކަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިހާރު އެއްކޮށް މަގު ސާފުވެއްޖެ އެވެ.

އެ ޕާޓީގެ ތެރެއިން އިންތިހާބަށް ވާދަކުރަން ނިންމެވި ކެންޑިޑޭޓުންގެ ތެރެއިން ފަހަރަކު ބޭފުޅަކު ރިޔާސީ ރޭހުން ވަކިވެވަޑައިގަންވަމުން ގޮސް އެންމެ ފަހުން ހުންނެވި ނިކީ ހޭލީ ވެސް މިހާރު ވަނީ އޭނަގެ ކެމްޕޭން ހުއްޓަވާލައްވައިފަ އެވެ. ނިކީ އަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނަވަން ނިންމެވި ހަމައެކަނި އަންހެން ކެންޑިޑޭޓެވެ. އަދި ޓްރަމްޕާ އެންމެ ބޮޑަށް ވާދަކުރެއްވީ ވެސް އޭނަ އެވެ. ނިކީ އަކީ ކެމްޕޭން ތެރޭގައި ޓްރަމްޕް ނޫން ގޮތެއް ރިޕަބްލިކަނުން ހޯދަން ޖެހޭ ކަމަށް އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވި ބޭފުޅާ އެވެ.

އޭނަ އަކީ އަކީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން އދ. އަށް ކަނޑައެޅި އެމްބެސެޑަރުގެ މަގާމު ވެސް 2017-2018 އަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ރިޔާސީ ރޭސް ނިކީ ދޫކޮށްލެއްވި ނަމަވެސް ޓްރަމްޕަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައެއް ނުވެ އެވެ.

ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ، 52، ގެ ނިންމެވުމާ ގުޅިގެން ޓްރަމްޕް ވަނީ އެ ކަމަނާގެ އެ ނިންމެވުމަކީ ބަލި ގަބޫލުކުރެއްވުން ކަމަށް ވިދާޅުވެ ބަހިގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރެއްވީ 2016-2020 އަށެވެ. އަދި ފުރަތަމަ ދައުރަށް ފަހު އޭނަ ދައުވަރަކަށް ވެސް ވާދަކުރެއްވި އެވެ. ނަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.