Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކެޓްރީނާގެ އެންމެ ފަހުގެ ފިލްމު ނެޓްފްލިކްސް އަށް

ޖެނުއަރީގައި ރިލީޒްކުރި ކެޓްރީނާ ކައިފާއި ވިޖޭ ސެތުޕަތީގެ މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މި ފިލްމަކީ "އަންދާދުން" ފަދަ މަގުބޫލުތައް ތުރިލާތައް ގެނެސްދިން ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެކެވެ. "މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، އަޝްވިނީ ކަލްސޭކަރް، ޓިނޫ އާނަންދު އަދި ރާދިކާ އަޕްޓޭ ހިމެނެ އެވެ.

ޖެނުއަރީ މަހުގެ 12 ގައި ރިލީޒްކުރި "މެރީ ކްރިސްމަސް" އަކީ އެ ފިލްމު ހޭދަކުރި ބަޖެޓް ވެސް އަނބުރާ ނުލިބޭ ފިލްމެކެވެ. ބެލުންތެރިންގެ ފަރާތުން ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނަސް، ކްރިޓިކުންގެ ތައުރީފު ފިލްމަށް ލިބިފައިވެ އެވެ. ޖުމްލަ 60 ކްރޯޑް ރުޕީސް (7.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 26.25 ކްރޯޑް ރުޕީސް (3.2 މިލިއަން ޑޮލަރު) އެވެ.