Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފޭސް ދޭއްގެ ފުރަތަމަ ބޮޑު މިސްކިތް ހުޅުވައިފި

ހުޅުމާލޭގެ ފޭސް ދޭއްގައި ރާއްޖޭގެ މަޝްހޫރު ކުންފުނި، މުނިހޯމްއިން ބިނާކޮށް ދިން މިސްކިތް ހުޅުވައިފި އެވެ.

ނިރޮޅުމަގުގައި އިމާާތްކޮށްފައިވާ "މަސްޖިދު ހަސަން އާދަމް" މިއަދު ހުކުރު ނަމާދަށް ނަމާދަށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިމިސްޓަރު ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.

ދެ ބުރިއަށް މުނިހޯމް ކެއާ އިން ބިނާކޮށް ދިން މިސްކިތަކީ 1،500 މީހުންގެ ޖާގައިގެ ޒަމާނީ ރީތި މިސްކިތެކެވެ.

ރޯދަ މަހާ ދިމާކޮށް އިއްޔެ ފޭސް ދޭއްގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ހައުސިން ޑިވެލޮލްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ހުޅުވާފައިވެ އެވެ.