އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސަބާ އާޒާދު މި ވަގުތު ހުރީ ޗުއްޓީ އަށް ރާއްޖޭގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
އޭނަ ހުރީ ރާއްޖޭގައި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ ރާއްޖެ ރިސޯޓެއްގައި ނަގާފައިވާ ކަމަށް ބެލެވޭ ފޮޓޯއެއް އިންސްޓަގްރާންގައި އިއްޔެ ޕޯސްޓްކުރުމާ ގުޅިގެންނެވެ. ނަމަވެސް އެ ފޮޓޯ އިން ސަބާ ހުރީ ރާއްޖޭގައި ކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ފޮޓޯގެ މަންޒަރުތަކުން ރާއްޖެ ވަރަށް ސިފަވެ އެވެ.
ސަބާ އަކީ ބަތަލާއެއްގެ އިތުރުން ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އޭނަ އާއި ރިތިކަކީ މި ފަހުން ވަރަށް ގިނައިން އެކީގައި އެ ގައުމުތަކަށް ދަތުރު ވެސް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
ސަބާ މި ވަގުތު ހުރީ ރާއްޖޭގައި ބެލެވޭ އިރު، އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައުން މި ފަހުން ވަނީ ގާތްގަނޑަކަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެއީ އިިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުޑައިމީސްކޮށް ރާއްޖޭގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ދެއްކި ވާހަކަތަކެއް ހޫނުވުމާ ގުޅިގެންނެވެ.
އެކަމާ ވިދިގެން ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާ އިން ވަރުގަދަ ކެމްޕޭންތަކެއް ވެސް ކޮށްފައިވާ އިންޑިއާ މީހުން އައި ރާއްޖެ އައުމުގެ ބަދަލުގައި އެ ގައުމުގެ ދަށުގައި ލަކްޝަދީޕް ޖަޒީރާގެ ރަށްތަކަށް ޗުއްޓީ އަށް ދާން މާއައުލާކަން ބޮޑު ކަމަށް ބުނެ ކެމްޕޭންކޮށްފައިވެ އެވެ.