ފިލްމެއްގައި ކުރޮޅި ދުއްވާ އަންހެން ޑްރައިވަރެއްގެ ރޯލު ކުޅެން ބަތަކާ ހުމާ ގްރޭޝީ ތައްޔާރުވެއްޖެ އެވެ،
މި ފިލްމި މިއަދު އިއުލާންކޮށް ބުނެފައި ވަނީ މިއީ ޖިއޯ ސްޓޫޑިއޯ އާއި ޕްރޮޑިއުސަރު ވިޝާން ރާނާ ގުޅިގެން ހަދާ ފިލްމެއް ކަމަށެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ވިޕުލް މެހެތާ އެވެ.
ހުމާ ކުރޮޅި ޑްރައިވަރެއްގެ ރޯލު ކުޅޭ މި ފިލްމަކީ އިންޑިއާގައި ތިން ފުރޮޅުލީ ކުރޮޅި ދުއްވައިގެން އާމްދަނީ ހޯދާ އަންހެނުންނަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާ އެއްޗެކެވެ. ހޫމާ ބުނީ މިފަދަ ފިލްމެއްގައި ހިއްސާވާން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އަންހެނުންގެ ބާރުވެރިކަން ދައްކުވައ ދޭނެ ފިލްމެއް ކަމަށެވެ.
"ގޭންގްސް އޮފް ވަސޭޕޫރް" އާއި "ޑީ-ޑޭ" އާއި "އޭކް ތީ ޑާޔަން" އާއި "ދޭޅު އިޝްގިއާ" އަދި "މޮނިކާ، އޯ މައި ޑާލިން" ފަދަ ފިލްމުތައް ކުޅެފައިވާ ހުމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ އިންޑިއާގެ ޝެފެއްގެ ރޯލު ކުޅުނު "ތަރުލާ" އެވެ.