Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ސުހާނާ އެކީގައި ފެންނަ އިޝްތިހާރެއް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ފެންނަ އިޝްތިހާރެއް އާންމުކޮށްފި އެވެ.

މި އިޝްތިހާރަކީ މިދިޔަ އަހަރު ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ލޯންޗްކުރި އަމިއްލަ ސްޓްރީޓްވެއާ ބްރޭންޑް، "ޑި-ޔަވޯލް" ގެ އާ ކަލެކްޝަންގެ ޕްރޮމޯޝަނަށް އާންމުކުރި އިޝްތިހާރެކެވެ. އަރިއަން ޑައިރެކްޓްކޮށްފައިވާ އިޝްތިހާރުގައި ބައްޕަ އާއި ކޮއްކޮ ދައްލާފައި ވަނީ "އެކްޝަން މޯޑް" ގައި ވަރަށް ސްޓައިލިޝްކޮށެވެ.

ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓްކުރާ "ޑި-ޔަވޯލް" އާ ކަލެކްޝަން "ޑި-ޔަވޯލް އެކްސް-2" ނެރެން ނިންމާފައި ވަނީ މި މަހުގެ 17 ގަ އެވެ. އެއަށ ހާއްސަކުރި އިޝްތިހާރު ޝާހްރުކާއި އަރިއަނާއި ސުހާނާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ޝާހްރުކާއި ސުހާނާ އެކީގައި އިޝްތިހާރަކުން ދައްކާލާފައި މި ވަނީ ދެބަފައިން އެކީގައި "ކިންގް" ގެ ކިޔާ ފިލްމެއް ކުޅެން ތައްޔާރުވަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން މި އެކްޝަން ތުރިލާގެ ޝޫޓިން ފަށަން މިހާރު ޕްލޭންކޮށްފައި އޮތީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އަރިއަން އަމިއްލަ ބްރޭންޑެއް ލޯންޗްކޮށް، އެ ޕްރޮމޯޓްކުރަމުން އަންނަ އިރު، އޭނަ ލިޔެ، ޑައިރެކްޓްރާ "ސްޓާޑަމް" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.