Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ރޯދަ މަހު "ފުރޭތަ" ރޭގަނޑު 10 ގައި

ޑާކް ރެއިން އެންޓަޓައިންމަންޓުން މި މަހުގެ 4 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ފުރޭތަ" ގެ ޝޯތައް ރޯދަ މަހުގެ ރޭގަނޑު 10:00 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

އެ ސްޓޫޑިއޯ އިން ބުނީ ރޯދަ މަހުގެ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ވިއްކާނީ މެންދުރު ފަހު 2:00 އިން 5:00 އަށް އަދި ރޭގަނޑު 9:30-11:00 އަށް ކަމަށެވެ. "ފުރޭތަ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މިއީ ޝެޑިއުލްކޮށް އޮލިމްޕަހުގައި ރޯދަ މަހު، ދިވެހި ފިލްމެއްގެ ޝޯތައް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މި ފިލްމަކީ އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލާއެކެވެ. "ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އައިޝަތު އަސީލާ، ހަމްދާން ފާރޫގް، މުހައްމަދު ރިފްޝާންގެ އިތުރުން އަލީ ނަދީހު ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމަކީ ޑާކް ރެއިންގެ މި އަހަރުގެ ފުރަތަމަ ފިލްމެވެ. އަދި އޮލިމްޕަހަށް މި އަހަރު ގެނައި ހަތަރު ވަނަ ފިލްމެވެ.