Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ސޯލިހް ކެމްޕޭނަށް ށ. އަތޮޅަށް

ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑިޕީގެ އެޑްވައިޒަރު ސޯލިހް ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގެންފައިވާއިރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ށ.މާއުނގޫދޫއަށެވެ.

ސޯލިހް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ށ. ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްހާމް އަހުމަދުގެ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެކެވެ. ސޯލިހް ވަނީ މާއުނގޫދޫގައި އެމްޑީޕީއަށް ތާއީދުކުރައްވާ ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.

ސޯލިހް ށ. އަތޮޅުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދަވާއިރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ އައްޑޫސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.