Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މާފުށީގައި މާރާމާރިތަކެއް، އެކަކު އިތުރު ފަރުވާއަށް މާލެ

ކ.މާފުށި

މާފުށީގައި މާރާމާރިތަކެއް ހިންގާ އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނެފައިވަނީ މާފުށީގައި މާރާމާރިއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މިއަދު ފަތިހު 05:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް މިހާރު ފަރުވާ ދެމުންދަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މިއަދު ހިންގި އިތުރު މާރާމާރިއަކާ ގުޅިގެން އިތުރު ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި ހައްޔަރު ކުރި ދެމީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއްކަމަށް މިހާތަނަށް ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.