Last Updated: July 22, 10:59
Wednesday, July 22, 2026
ޚަބަރު

އެސްޓީއޯ އިން ލުނބޯގެ އަގުހެޔޮކޮށްފި

މާރުކޭޓުގައި ވިއްކާ ލުނބޯތަކެއް - ފޮޓޯ: ރާއްޖެއެމްވީ

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާ ގުޅިގެން, ރޯދަ މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ކުންފުނިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

އެސްޓީއޯ އިން މިހާރު ލުނބޯ ކިލޯއެއް ވިއްކަނީ 50ރ. އަށެވެ. އަދި 25 ކިލޯގެ ލުނބޯ ބަސްތާއެއް ހޯލްސޭލްކޮށް ވިއްކަން ހަމަޖެހިފައިވަނީ 1175ރ. އަށެވެ.

ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުންނެވެ.

މީގެކުރިން އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވެފައި ވަނިކޮށް ރާއްޖެއަށް ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ.