Last Updated: May 13, 10:16
Monday, May 13, 2024
ޚަބަރު

ތިޖޫރީއެއް "ފަޅާލި" ހިތަދޫ މީހަކު ހޯދަނީ

އޯޝަން ޓްރެވެލްސްގެ ތިޖޫރީ ފަޅައިލައި ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތަށް ހޯދާ މީހާ.---ފޮޓޯ: ޕޮލިސް

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީން 40،000 ޑޮލަރު ވަގަށް ނެގި މައްސަލާގައި ތުޙުމަތު ކުރެވޭ މީހަކު ހޯދަން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށްފައި ވަނީ ސ.ހިތަދޫ މިޞްރުގަނދަކޯޅިމާގެ، އަޙްމަދު ޖަމީލް، 38، އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި އެތަނުގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ މި މާޗް މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

އެ މައްސަލައާ ގުޅިގެން މި މާޗް މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އަހުމަދު ޖަމީލް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދެމެވެ." ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.