Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ގާޒާ އިން ބަނޑަށް މަރުވި މީހުންގެ އަދަދު 25 އަށް

ފަލަސްތީނުގެ ގާޒާގައި ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން ބަނޑަށް މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ކާނާ އާއި ފެން ނުލިބުމުގެ ސަބަބުން އިއްޔެ ދެ މަހުގެ ކުޑަ ކުއްޖަކާއި 20 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެއާއެކު ގާޒާ އިން ބަނޑަށް މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ގާޒާ އިން ކުޑަކުދިން ބަނޑަށް މަރުވާން ފަށާފައިވާއިރު، ބަނޑު ހައިހޫނުކަމުގައި ގާޒާ އިން އެތައް ބަޔަކު މަރުވުން ގާތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ އިންޒާރުދީފަ އެވެ.

ބަނޑުހައިހޫނު ކަމުގެ އިތުރުން ގާޒާގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ބަލިތައް ވެސް އަންނަނީ ފެތުރެމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.