Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ވައިފައި ކަނެކްޝަނަކަށް ކިޔާ ނަމަކާ ހެދި ޖަލަށް!

މޮސްކޯ ސްޓޭޓް ޔުނިވަސިޓީ.

ރަޝިއާގެ ދަރިވަރެއްގެ ވައިފައި ކަނެކްޝަންގެ ނަމަކަށް ޔުކްރޭނަށް ތާއީދުކުރާ އިބާރާތެއް ބޭނުންކުރާތީ އެ މައްސަލާގައި އެ ދަރިވަރު 10 ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މޮސްކޯ ސްޓޭޓް ޔުނިވަސީޓިގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރުގެ ވައިފައި ކަނެކްޝަންގެ ނަމަކަށް އިންނަނީ "ސްލާވާ ޔުކްރޭނީ" ނުވަތަ "ގްލޯރީ ޓު ޔުކްރޭން" އެވެ. މި ނަން ވައިފައި ކަނެކްޝަނަށް ބޭނުން ކުރާތީ މޮސްކޯ ކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނީ އެއީ ހައްދ ފަހަނައަޅައެޅުމުގެ އަމަލެއް ކަމަށާއި އެ މައްސަލާގައި މޮސްކޯ އަށް ނިސްބަތްވާ ދަރިވަރު 10 ދުވަހަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ.

ވައިފައި ކަނެކްޝަނަށް ބޭނުންކުރާ ނަމުގެ މައްސަލައިގައި ދަރިވަރު ހައްޔަރުކުރީ ބުދަ ދުވަހު އެވެ. "ގްލޯރީ ޓު ޔުކްރޭން" ގެ ނަޖުގައި ދަރިވަރު އަމިއްލަ ކޮމްޕިއުޓަރެއްގައި ވައިފައި ކަނެކްޝަން ބޭނުން ކުރަމުން އައީ ޔުނިވަސިޓީގެ ސްޓޫޑެންޓް އެކޮމޮޝަންގަން އޭނަގެ ކޮޓަރީގަ އެވެ. އަދި އެ ކަނެކްޝަން އިންނަނީ ގާތް ބައެއް ދަރިވަރުނަށް ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

ކަނެކްޝަނަށް ބޭނުން ކުރާ ނަމުގެ މައްސަލައިގައި ދަރިވަރަށް ދައުވާކޮށް ޖަލަށްލާން ހުކުމް ކުރި އިރު، ރައުޓާ ނަގައި ކަނެކްޝަން ބޭނުން ނުކުރެވޭ ގޮތަށް މިހާރު ވަނީ ހަދައިފަ އެވެ.

ރަޝިއާ އިން މީގެ ކުރިން ވެސް ޔުކްރޭނަށް ތާއީދުކޮށް ވާހަކަ ދެއްކި ބައެއް ދަރިވަރުންނާއި އާންމުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅައި އަބަދު ދީފައިވެ އެވެ. ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ 2022 ގެ ކުރީކޮޅުން ފެށިގެންނެވެ.