Last Updated: July 15, 13:37
Wednesday, July 15, 2026
ޚަބަރު

ހަނދު ސާބިތު ކުރުން މިރޭ

މި އަހަރުގެ ރޯދަ މަހަށް ހަނދު ސާބިތު ކުރުމުގެ ހާއްސަ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ކުރިޔަށް ދާނީ 8:30 އިން ފެށިގެން ހަނދު ސާބިތު ކުރުމާމެދު ފަލަކީ ކޮމެޓީއަށް ގޮތެއް ނިންމެންދެނެވެ.

މިރޭ ބާއްވާ ފަލަކީ ކޮމިޓީގެ ހާއްސަ ޖަލްސާގައި މުސްލިމު ގައުމުތަކަށް ހަނދު ފެނޭތޯ ބަލާނެ އެވެ. އަދި އިސްލާމީ އެއްވެސް ގައުމަކަށް މިއަދު އިރުއޮއްސުމާ ހަމައަށް ހަނދު ފެނިފައިވޭތޯ ވެސް ވަކި ވަގުތެއް ވަންދެން ފަލަކީ ކޮމިޓީން ބަލާނެ އެވެ.

މިޖަލްސާގައި އިސްލާމީ ޤައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް ރާއްޖޭގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ޢިއުލާން ކުރާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.