Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އައްޑޫ ބްރިޖުގެ ޑިޒައިން ސާވޭ ނިންމައިފި

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ނިންމައިފި އެވެ.

މި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖު ފީޒިބިލިޓީ ސްޓަޑި އާއި ޑިޒައިނާ ގުޅޭ މަސައްކަތްތައް ތިން މަސް ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ބްރިޖުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.