Last Updated: July 22, 10:59
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލުން ގުރައިދޫ މަރުކަޒަށް އިންޑަސްޓްރިއަލް ބަދިގެއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ގުރައިދޫ ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމުކޮށްފި އެވެ.

އެމްއެލުން މިއަދު ބުނީ ގުރައިދޫ މަރުކަޒުގައި އިންޑަސްޓްރިއެއް ބަދިގެއެއް ގާއިމުކުރުމުގެ މަސައްކަތްކުރީ ބޭންކުގެ 40 ވަނަ އަހަރާ ދުވަހާ ގުޅުވައިގެން ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ މި މަރުކަޒަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމުކޮށްފަ އެވެ.

މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވަނީ ގާއިމްކޮށްފަ އެވެ. މިތަނުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރއެއްވެސް ގާއިމްކޮށްފަ އެވެ.

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރުވެސް ވަނީ ހަދިޔާކޮށްފަ އެވެ.