Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އޭއެޗްއެސްގެ ދަރިވަރުންތަކެއް ގއ. އަތޮޅަށް

އައްޑޫ ހައި ސްކޫލް (އޭއެޗްއެސް) ގެ ދަރިވަރުން "އެނުއަލް ސްޓަޑީ ޓުއާ" އެއްގައި ރޭ ގއ. އަތޮޅަށް ފުރައިފި އެވެ.

"އާގަލާ ކްއީން" ބޯޓުގައި ރޭ 91 ދަރިވަރުންނާ އެކު ޖުމްލަ 147 ފަރާތަކުން ފުރާފައިވާއިރު އޭގެ ތެރޭގައި ބެލެނިވެރިންނާއި ޓީޗަރުން ވެސް ހިމެނެއެވެ.

މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ގއ އަށް ހައި ސްކޫލުން ކުރާ މި ދަތުރުގައި ތިބުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ވިލިގިލީގައި ކަމަށް ސްކޫލްގެ ފަރާތުން ވަނީ މައުލޫމާތު ދީފަ އެވެ.

ވިލިގިލީގެ އިތުރުން އެއަތޮޅުގެ މާމެންދޫ، ނިލަންދޫ އަދި ދާންދޫ އާއި ކޫއްޑޫއަށްވެސް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ މިދަތުރާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ހައިސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މިދަތުރަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ކުރުމަށް ހަމަޖެހިފައި އޮތް ދަތުރެކެވެ. ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން އެފަހަރުގެ ދަތުރުވަނީ ކެންސަލްކޮށްފަ އެވެ.

މިއީ ކޮންމެ އަހަރަކުވެސް ހައިސްކޫލުން އިންތިޒާމުކޮށްގެން އެސްކޫލުގެ ދަރިވަރުންނަށް ކިޔެވުމުގައި އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރާ މިދަތުރުގައި މިފަހަރު ހައިސްކޫލުގެ ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނާއި ގްރޭޑް 11 ބިޒްނަސް ސްޓްރީމް އަށް ކިޔަވާ ދަރިވަރުން ބައިވެރިވެއެވެ.